ބިދޭސީންނާ މެދު އިހުމާލުވާ ދިވެހިންގެ ލިސްޓު އާންމު ކުރަނީ!

Follow @loamaaOnline
None

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން---


ތަފާތު ވަޒީފާތަކަށް ރާއްޖެ އަށް ބިދޭސީން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ، ވަޒީފާ ދޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރުމަށް ކެބިނެޓުން އިއްޔެ ނިންމައިފި އެވެ.

މި ގޮތަށް ނިންމީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު، ކެބިނެޓުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުން ބުނީ، ބިދޭސީންނަށް ވަޒީފާ ދޭ މީހުންގެ ތެރެއިން ބިދޭސީންނާ މެދު އިހުމާލުވާ މީހުންގެ ލިސްޓު އާންމު ކުރުމުގެ އިތުރުން ވަޒީފާދޭ ފަރާތުން ބިދޭސީންނާ މެދު އިހުމާލުވާ ނަމަ ޖޫރިމަނާކުރަންވެސް ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އިތުރު ފިޔަވަޅުތައް ވެސް އަޅަން ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން ކެބިނެޓުން އިތުރު ކަންތައްތަކެއް ވެސް އިއްޔެ ނިންމި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައޫލޫމާތާއި 10 އިނގިލީގެ ފިންގަޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނެގުން.

2- ގަވާޢިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރޭޝަން ޕްރޮގްރާމެއް ހިންގުމާއި އަމިއްލަ އަށް އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން.

3- ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށްޓަކައި، ގަވާއިދާ ހިލާފުވާ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް، ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުން.

4- ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މި ސަރުކާރު ވެރިކަމަށް އައިސް ވަނީ ބޮޑު ހަރަކާތެއް ފަށައިފައެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ، 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok