"ރައީސް ޔާމީން މިނިވަން ނުވާތީ ރައީސް މުއިއްޒު ވަރަށް ގިނައިން ކީރިތިކުރެއްވި"

Follow @loamaaOnline
None

---


ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ބޯމަތިވިއިރުވެސް ޕީޕީއެމް/ޕީއެންސީގެ އެއިރުގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިނުގަންނަވާތީ އެއިރު، އެއިރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މިހާރު ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ކީރިތިކުރެއްވި ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން މިއަދު ބޭއްވި ޕެނަލް ބައްދަލުވުމުގައި ނިމާލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށާއި ކޯޓު މަރުހަލާގެ ތެރެއިން އެ މަނިކުފާނު މިނިވަންވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނިމާލް ވިދާޅުވީ، ވަކި ފަރުދެއްގެ ހައިސިއްޔަތުން ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި އެންމެ ބޮޑު ހަރަދެއް ކުރެއްވި ފަރާތް ކަމަށެވެ. 

"ޑރ. މުއިއްޒަކީ ވަކި ފަރުދެއްގެ ހައިސިއްޔަތުން ރައީސް ޔާމީން މިނިވަންކުރެއްވުމަށްޓަކައި އެންމެ ބޮޑު ހަރަދެއް ކުރެއްވި އެއް ފަރާތް އެއީ. ކޮންމެ ރެޔަކު މުޒާހަރާކުރާ މީހުންނަށް ކާން ފޮނުވާ އަނެއްކާ އަޅުގަނޑު މިއަދު މިހުރީ ރޯދައަށް. އަޅުގަނޑު ކައިރީގައި ހުރެ ވާހަކަ ދެއްކީއިރުގައި ދެތިން ހަތަރު ފަހަރެއްގެ މަތިން ހަމަ ކީރިތިކުރައްވައި ވާހަކަ ދެއްކެވި އިންތިހާބު ކައިރިވަމުން ދިޔައިރު، ރައީސް ޔާމީން މިނިވަންވެވަޑައިނުގެން އެހެން ހުންނަން ޖެހިވަޑައިގަތުމުން" ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ، ރައީސް ޔާމީނަށް ލުއިތަކެއް ލިބިވަޑައިގެންފައިވަނީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނެވުމުން ކަމަށެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok