އިސްލާމީ މަރުކަޒުގެ އިސް އިމާމަކަށް ޝައިހް މުހައްމަދު ލަތީފް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝައިހް މުހައްމަދު ލަތީފަށް އިސްލާމީ މަރުކަޒުގެ އިސް އިމާމުކަމުގެ ލިޔުން އަރުވާފައެވެ.
އިސްލާމީ މަރުކަޒުގެ އިސް އިމާމަކަށް ޝައިހު ލަތީފު އައްޔަން ކުރެއްވީ މިނިސްޓަރުގެ ފެންވަރުގަ އެވެ.
ޝައިހް ލަތީފަކީ މީގެ ކުރިންވެސް އިސްލާމީ މަރުކަޒުގެ އިސް އިމާމުކަން ކުރެއްވި ބޭފުޅެކެވެ.