ދިވެހި ބަހުން ލިޔާ މީހުންގެ ތަން

ކޮންމެ މީހަކަށްވެސް އެކައުންޓެއް ހަދައި، ލިޔެ، ޝާއިޢު ކުރެވޭނެ.

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

މިއަދު މިހާރު ކުރިއަށްދާ އިންތިޚާބުގައި ވޯޓުފޮޮށިތަކުގެ ކިޔު ހަވީރު 5:00 ޖެހުމާއެކު ބަންދުކޮށްފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައި ނަމަވެސް، ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކޮށްފައެވެ.

ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު ހަތް މިލިއަން ހަރަދުކުރަން ރައީސް ނިންމަވައިފި

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު ހަތް މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން އިޢުލާނުކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައެވެ.

1 މިނެޓް ހަބަރު

ތެލަސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމުގެ ސިފަތައް އިސްކުރަން: ރައީސް

ތެލަސީމިއާ ދުވަސް ހަނދާކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލެސީމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

1 މިނެޓް ހަބަރު

ބޭރުގެ އިންވެސްޓަރުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ނަތީޖާ ރަނގަޅު: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު އަލުން ހޯދަން ބޭރުގެ ވަކީލުންނާ ހަވާލުކުރަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ކުރިއަށް ގެންދަން ބައިނަލްއަޤްވާމީ ވަކީލުންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

2 މިނެޓް 1 ހަބަރު

މާލެ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ދިމާވާ ދަތިތައް ހައްލުކުރަނީ

ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރާ މުދާ ބޭލުމަށް ދިމާވާ ދަތިތައް ޙައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

1 މިނެޓް ހަބަރު

މަޤްބޫލު މައުޟޫޢުތައް

ގަލޮޅު ދެކުނަށް އުހުދު، ކުރިމަގު ފަހި ހިތްވަރު ހުރި ޒުވާނެއް!

މިއަދު ގެ ސިޔާސީ މާހައުލުގައި ވަރުގަދަ ސިޔާސީ ޕާޓީތަކުން ފޯރިގަދަކޮށް އިންތިހާބު ތަކުގައި މަސައްކަތްކޮށް ޕާޓީ ނުފޫޒު އިންތިހާ އަށް އޮތް އިރު މިނިވަން ކެޑިޑޭޓެއްގެ ގޮތުގައި ގ. ފެހިމާގެ އުހުދު ޝަރީފް ގަލޮޅު ދެނުނަށް ނިކުތުން މީ އާދައިގެ ވާހަކައެއް ނޫނެވެ. ދާއިރާގައި ކުރެވެމުންދާ ކެމްޕެއިން ހަރަކާތްތަކަށް ބަލާލިޔަސް އުހުދު ޝަރީފްގެ ކެންޕެއިންދަނީ ބާރައް އަލިގަދަކޮށް ފިޔަޖަހަމުންނެވެ. އުހުދު ސިޔާސީ މައިދާނަށް އާ ބޭފުޅަކަށް ވެދާނެ އެވެ. އެހެނަސް އިޖުތިމާއީ ހަރަކާތްރަކުގައި އާއި ކުޅިވަރުގެ މައިދާނުގައި ފަސްނުޖެހި މަސައްކަތް ކުރާ ލީޑަރެއްކަން އުހުދު ވަނީ ސާބިތުކޮށްދީފައި އެވެ. މިވަގުތުވެސް ކްލަބް ޓީނޭޖް ހިންގެވުމާ ހަވާލުވެ ހުންނެވި އުހުދު ޝަރީފަކީ، މީހުންނާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ ތައުލީމީ ޤާބިލު ޒުވާނެކެވެ. އަޚްލާޤުގައި ކިލަބު ކަމެއްނެތް ސާދާ މިޒާޖެއްގެ ވެރި މި ޒުވާނާއަކީ މަތީ ތައުލީމު ހާސިލުކުރުމަށްފަހު ވަޒީފާގެ މައިދާނުގައި ވެސް ރަނގަޅު ތަޖުރިބާ ތަކެއް ކޮށްފައިވާ ހިންގުންތެރި ބޭފުޅެކެވެ.

2 މިނެޓް ރިޕޯޓު

ހިރިލަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުބާޙްގެ ތަސައްވުރު: އިސްކަންދެއްވަނީ ރައްޔިތުންގެ ބައިވެރިވުމަށް

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު މުބާޙް މުހައްމަދު، ރަށުގެ ތަރައްގީއަށްޓަކައި ގެންގުޅުއްވާ ހާއްސަ ތަސައްވުރު ހާމަކުރައްވައިފިއެވެ. މުބާޙް ވިދާޅުވީ އޭނާގެ އަމާޒަކީ ރަށުގެ ކުރިމަގާ މެދު ފުރިހަމަ ވިސްނުމަކާއެކު މަސައްކަތް ކުރެއްވުން ކަމަށެވެ.

ހިރިލަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް މިފަހަރު ސުލީ

ތ. ހިރިލަންދޫ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ސުލްތާނާ އާދަމް (ސުލީ) އަކީ ރަށުގެ ތަރައްގީއަށްޓަކައި ތަފާތު ވިސްނުންތަކެއް ގެންގުޅުއްވާ ކެނޑިޑޭޓެކެވެ. ސުލީ ހާމަކުރެއްވި ގޮތުގައި އޭނާ ބޭނުންވަނީ ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތެއް ކޮށްދީ، ރަށް ތަރައްގީ ކުރުމަށް ފުރިހަމައަށް މަސައްކަތް ކުރުމެވެ.