ރަސްރަނި ބަގީޗާއާއި ބޭރު މަގުގައި ޖަހާފައި ހުރި ކަދުރު ރުއްތަކުގައި "ސިހުރު"!

Follow @loamaaOnline
None

---


ރަސްރަނި ބަގީޗާގައި ޖަހާފައި ހުރި ކޮންމެ ކަނދުރު ރުކެއް ޖަހާފައިވަނީ ސިހުރު ހެދުމަށް ފަހުގައި ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ބޭއްވި "ފްރަންޓް އޮފީސް ޖަލްސާ" ކުރީގެ ސީޕީ ހުސައިން ވަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކުރައްވައި ސިހުރުގެ އެތައް ވާހަކައެއް ދައްކަވާފައެވެ. 

އެގޮތުން، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް، ތަފާތު "ވިޔާނުދާ" ކަންކަން ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެ ކަންކަމުގެ ތަފްސީލު ހުސެއިން ވަހީދު އެ ޖަލްސާގައި ނުދެއްވި ނަމަވެސް، އޭނާގެ ވާހަކައިގައި ބަގީޗާ އެއްގެ ވާހަކަ އަކާއި މާލޭގެ ބޭރު މަގުގައި ޖަހާފައި ކަދުރު ރުއްތަކުގެ ވާހަކަ ފާހަގަ ކުރެއްވިއެވެ. 

"ބަގީޗާގެ ތެރޭގައި ޖަހާފައި ހުރި ކޮންމެ ރުކެއްގައި ސިހުރު، މަގުމަތީގައި ޖަހާފައި ހުރި ކަދުރު ރުއް ތަކުގައި ސިހުރޭ، މިހާރު އަލަށް ފަށާ ކޮންމެ ޕްރޮޖެކްޓެއްގެ އަޑީގައި ސިހުރޭ،" ސިހުރު ހަދާފައިވާ މިންވަރު ހާމަ ކުރައްވަމުން ހުސެއިން ވަހީދު ވިދާޅުވިއެވެ.

ހުސައިން ވަހީދު ވިދާޅުވި ގޮތުގައި މާލޭގެ މޭރު މަގުގައި ޖަހާފައި ހުރި ކަނދުރު ރުއްތަކަށްވެސް ވަނީ ސިހުރު ހަދާފައެވެ. 

މީގެ އިތުރުން ހުސައިން ވަހީދު ވަނީ، ސަރުކާރުން ބާރު ލިބިގެން މަރުވެގެން ހިނަވާ މީހުންގެ އަނގަޔަށް ސިހުރުލާފައި މައްޔިތާ ވަޅުލާ ކަމަށްވެސް ވިދާޅުވެފައެވެ. 

"އަޅުގަނޑު ކައިރީގައި ފިސާރި ތެދެއް މި ބުނީ، މި ސަރުކާރުން ބާރު ދީގެން، މަރުވެފައި އޮންނަ މައްޔިތާ ވެސް ދުލެއް ނުކުރެޔޭ އަނގަޔަށް ސިހުރު ލާފައޭ ވަޅުލަނީ، މީ އަޅުގަނޑު ކައިރީގައި މީހަކު ހަމަ ރަނގަޅަށް ބުނި ވާހަކަ އެއް،" ހުސެއިން ވަހީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުއާ ގުޅުވައި ސިހުރުގެ ވާހަކަތަކެއް ހުސައިން ވަހީދު ފެންމަތިކުރެއްވިއިރު، ރައީސަށް ސިހުރު ހެދިކަމަށް ތުހުމަތުކޮށް، ސްޓޭޓް މިނިސްޓަރަކު ވަނީ ހައްޔަރުކޮށްފައެވެ.  


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok