ސީއެޗްއެސްއީއަށް ވަޑައިގެން ރައީސް ކިޔައިދެއްްވީ "އޭ ލެވެލް" މުހިންމުވާ ސަބަބު

Follow @loamaaOnline
----

ރައީސް މުއިއްޒު ސީއެޗްއެސްއީގެ ދަރިވަރުންތަކަކާއެކު ސެލްފީއެއް ނަންގަވަނީ---


މަތީ ސާނަވީގެ ދެ އަހަރަކީ، ދަރިވަރުންގެ ހަލާތުގެ އެންމެ މުހިންމު އެއް މަރުހަލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުމުގެ މުނާސަބާގައި އެ ސެންޓަރުގައި މިއަދު ބޭއްވި އެސެމްބްލީގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ސެންޓަރުގައި 1995-1997 އެ މަނިކުފާނުވެސް ތައުލީމު ހާސިލްކުރެއްވި ކަމަށާއި އެ ސެންޓަރަށް ވަދެވުމުން ކުރެވެނީ އެހެން އުފާވެރިކަމުގެ އިހްސާސްތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މަތީ ސާނަވީ މަރުހަލާގެ ކިޔެވުމަކީ އުމުރުގައި ދެ ވަނަ ފުރުސަތެއް ލިބޭ ކަމެއް ނޫންކަމަށާއި އެހެންވެ، އެ ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ. އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަގުބަލު ބައްޓަންކުރުމަށާއި ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކާމިޔާބީއަށް ވާސިލްވުމަށް އެންމެ މުހިންމު އެއް ކަމަކީ، ވަރުގަދަ އަޒުމެއް އޮތުމާއެކު އެކަަމަކަށް ގަދައަޅައި މަސައްކަތް ކުރުން ކަމަށެވެ.

"ގިވްއަޕް ނުކުރާތި، އެއްވެސް ކަމެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ" ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން އެ މަނިކުފާނު ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ހާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ އަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ތަކުރާރުކުރައްވައިފަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok