އަޝްރަގު ތާރީހު ބަދަލުކޮށްލައިފި، ކިނބިދޫ ދާއިރާގެ ގޮނޑި ދާއިރާގެ ދަރިއަކަށް

Follow @loamaaOnline
None

--


ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ސަރުކާރުގެ ކެންޑިޑޭޓް އަލީ އަޝްރަގު ކަށަވަރުކުރައްވައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާއަށް ވާދަކުރެއްވީ އަޝްރަގާއި އެމްޑީޕީން ވާދަކުރެއްވި އެ ދާއިރާގެ މިހާރުވެސް މެންބަރު މުހައްމަދު ނާޝިޒް (ނާނު) އެވެ.

އަޝްރަގު، ކިނބިދޫ ދާއިރާގެ ގޮނޑި ކަށަވަރުކުރެއްވީ، 200 އެއްހާ ވޯޓުގެ ބޮޑު ފަރަގަކުންނެވެ.

އަޝްރަގަކީ ކިނބިދޫ ދާއިރާގެ ކިނބިދޫއަށް ނިސްބަތްވާ ޒުވާނެކެވެ. އަޝްރަގު އެ ގޮނޑި ކާމިޔާބުކުރެއްވުމުން އޭނާ ވެފައިވަނީ، މި ފަހުގެ ތާރީހެއްގައި ކިނބިދޫ ދާއިރާގެ ގޮނޑި ދާއިރާގެ ދަރިއަކު ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅާއަށެވެ. 

އަޝްރަގަކީ ޒުވާނުންނާ ގުޅޭ، ދާއިރާގެ ރަށްތަކަށް ފަރިތަ ބޭފުޅެކެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok