ރައީސް ޔާމީން މިނިވަންވެއްޖެ

Follow @loamaaOnline
None

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް--


އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 25 ޑިސެންބަރު 2022 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، ދައުލަތުން އިއްވި، މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެ ދެ މައްސަލާގެ ތެރެއިން މަނީ ލޯންޑާގެ ކުށުގައި އިއްވާފައިވަނީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ރިޝްވަރުގެ ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން, މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އެ ދެ ހުކުމް ވެސް ބާތިލްކޮށްފައެވެ. އެ ހުކުމް ބާތިލްކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފަނޑިޔާރުން ފާހަގަކުރެއްވީ ދަށު ކޯޓުން ބޮޑެތި ގޯސްތަކެއް ހަދާފައިވުމެވެ. އެހެންވެ، އެ ކޯޓުން ހުކުމްކުރީ އެ މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok