ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މިއަދު

Follow @loamaaOnline
-

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް--- ފޮޓޯ: ރައީސް އޮފީސް


ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލިތާ ތިން މަސް ފަހުން އެ މައްސަލައިގެ ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:00 އަށެވެ. 

ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުންނެވެ. އެ ދެ ދައުވާ ސާބިވުމުން ކްރިމިނަލް ކޯޓުން އިއްވީ، 11 އަހަރުގެ ޖަލު ހުކުމަަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ 21 ނޮވެމްބަރު 2023 ގައެވެ. 

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކޮށްފައިވާއިރު، އެ މަނިކުފާނު މިދިޔަ އޮގަސްޓު މަހުން ފެށިގެން ހުންނެވީ ގެކޮޅުގައެވެ. އޭގެ ފަހުން އެ މަނިކުފާނަށްވަނީ ލުއިތައް ދެއްވައި ރަށު ބަންދަށް ބަދަލުކުރައްވައިފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok