ސަރުކާރަށް ގޮނޑި ހޯދައިދޭން ބޭބެގެ ފަހަރަށް އައިމަން އަރައިފި، ރީތި ނަމޫނާއެއް!

Follow @loamaaOnline
---

----


ކުޅުދުށްފުށި ދެކުނު ދާއިރާގެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރައްވާ އައިމަން މުހައްމަދު، އެ ދާއިރާގެ ގޮނޑިއަށް ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެނޑިޑޭޓް އަދި އައިމަންގެ ބޭބެ، ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދުކުރަން ނިންމައިފިއެވެ.

ކުޅުދުށްދުށީ ދެކުނު ދާއިރާގެ ސަރުކާރު ކޯލިޝަންގެ ޕްރައިމަރީގައި ފަރޭ އާ ވާދަކޮށް އައިމަންއަށް ނާކާމިޔާބުވީ ހަތް ވޯޓުންނެވެ. 

ޕްރައިމަރީން ބަލިވިނަމަވެސް، ސަރުކާރު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބައެއްގެ ތާއީދާއި އެކުގައި އައިމަން ވަނީ އަމިއްލަ ގޮތުން އެ ގޮނޑިއަށް ވާދަކުރަން ނިންމައި، އޭނާގެ ކެނޑިޑެސީ ހުށަހަޅައިފައެވެ.

އައިމަންއާ ފަރޭ އެއް ދާއިރާއަކަށް ވާދަކުރަން ނިންމުމުން، އެ ދާއިރާގެ ވޯޓު ބައިބައިވެ ސަރުކާރަށް އެ ގޮނޑި ނުލިބިދާނެކަމަށް އޮތީ ބެލެވިފަ އެވެ.

އެހެންކަމުން ސަރުކާރުން މަސައްކަތް ފެށީ ދެ ބެއިން އެއްގަލަކަށް އަރުވައިގެން އެއް ކެންޑިޑޭޓެއް ނެރެވޭތޯ އެވެ. އެގޮތުން، މި ފަހުން ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު، ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިންޑެންޓް އަބުދުއްރަހީމް އަބުދުﷲ ކުޅުދުއްފުއްޓަށް ވަޑައިގެން ދެ ކެންޑިޑޭޓުންނާ ބައްދަލުކޮށް އެކަމުގެ މަޝްވަރާތައް ކުރެއްވިއެވެ.

އޭގެ ފަހުގައި މާލޭގައިވެސް އެ ދެ ކެންޑިޑޭޓުންނާ މަޝްވަރާކޮށްފައިވެއެވެ. 

އައިމަން ބުނި ގޮތުގައި ބޭބެގެ ފަހަތަށް އަރަން ނިންމީ، ސަރުކާރަށް އެ ދާއިރާގެ ގޮނޑި ހޯދައިދިނުމުގެ ބޭނުމުގައެވެ. 

އައިމަންއަކީ ކުޅުދުއްފުށިީ ދެކުނު ދާއިރާގެ ގިނަ ޒުވާނުންގެ ތާއީދުވެސް އޮތް މީހެކެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok