ހަފްތާ 14ގެ ހުރިހާ ވައުދެއްހެން ވަނީ ފުއްދިފައި: ރައީސް

Follow @loamaaOnline
---

ރައީސް މުއިއްޒު--- ފޮޓޯ: މިހާރު


ހަފްތާ-14ގެ މަސައްކަތްތަކަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ސަރުކާރުގެ ވައުދުތައް ފުއްދިފައިވާ މިންވަރާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ އިސްކަމެއް ދެއްވީ ސަރުކާރުގެ ހަފްތާ-14ގެ ވައިދުތައް ފުއްދެވުމަށްކަމަށެވެ. 

ރައީސް ވިދާޅުވީ، ހަފްތާ-14ގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ކުރިމަގުގައި ހިންގާނެ ބޮޑެތި މަޝްރޫއުތަކަށް މަގުފަހިވާ ވައުދުތައްވެސް ފުއްދާފައިވާކަމަށެވެ.

"ހަފްތާ 14ގައި 161 ވައުދު ހިމެނޭ. ދެތިންކަމެއް ނުނިމިވަނީ. 155 އަށްވުރެ ގިނަ ވައުދުގެ މަސައްކަތްތައް ވަނީ ހާސިލްކޮށްފައި. މީގެ އިތުރުން ކުރިމަގަށް ކުރަންހުރި ގިނަ ކަންކަން އެބަހުރި. ކުރިއަށް އޮތް އަހަރަށް އަދި އަހަރުތަކަށް ކުރަންޖެހޭ މަސައްކަތް އެބަ ހިނގާ. އަދި ރަށްރަށަށް ކުރި ދަތުރުގައި ރައްޔިތުން އެދުނު ކަންކަން މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރަށް އެބަ ކުރިއަށްގެންދޭ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރު ފަށްޓަވާފައިވާ މަސައްކަތްތަކުގައި، ސަރުކާރުން ދުރު ރާސްތާއަށް ރާއްވަވާފައިވާ ކަންކަންވެސް ފެށިފައިވާކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok