ލޯކަލް ޓޫރިޒަމުން ލިބޭ ޓެކްސް އާމްދަނީން ބައެއް ކައުންސިލްތަކަށް ދެނީ

Follow @loamaaOnline
--

ހޯމްސްޓޭ ފެށުމަށް ދިއްގަރަށް ޒިޔާޔަތްކުރި ފުރަތަމަ އަންހެން ފަތުރުވެރިޔާ ދިވެހި ހެނދުމުގައި--


ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކްސްއިން ވަކި ޕަސަންޓޭޖެއް އެ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭގޮތަށް ގާނޫނަށް އިސްލާހުގެނައުމަށް ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ވ. ކެޔޮދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރަށްރަށުގައި ހިންގާ ސިނާއީ މަސައްކަތުން ސަރުކާރަށް ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާއިން، އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކައުންސިލްތަކަށް އެހީތެރިކަން ދެއްވާނެކަމަށެވެ. އެގޮތުން ރަށު ފަތުރުވެރިކަން ކުރާ ރަށްތަކުން މީރާއަށް ދައްކަމުންދާ ޓީޖީއެސްޓީން ވަކި އިންސައްތައެއް އެ ރަށެއްގެ ކައުންސިލްތަކަށް ލިބޭގޮތް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަން ކުރުމަށް ފަތުރުވެރިކަމާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށައަޅުއްވަން އެ މަނިކުފާނު ގަސްތުކުރައްވާ  ކަމަށެވެ.

ރައީސް ވިދާޅުވީ ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކްސްއިން ވަކި ޕަސަންޓޭޖެއް އެ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ގޮތްވުމުން 
ކައުންސިލްތަކުން ސަރުކާރަށް ބަރޯސާވުން ކުޑަވެ، އަމިއްލަ އިސްނެގުމުގައި ރަށުގެ ތަރައްހީއަށް މަސައްކަތްކުރުމުގެ ފުރުސަތާއި މާލީ ތަނަވަސްކަން ލިބޭނެ ކަމަށެވެ. 

"ކައުންސިލްތަކަށް ސަރުކާރު ބަޖެޓުން ކުރާ ހޭދައަށް ލުއި ލިބޭނެ. އަދި ކައުންސިލްތަކާއި ސަރުކާރު ގުޅިގެން ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތައްވެސް އިތުރުކުރެވޭނެ. ޖުމްލަކޮށް ބޮޑެތި އިންޑަސްޓްރީތަކުގެ މަންފާ ކައުންސިލްތަކަށް ލިބޭގޮތް ހަދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok