ރައީސްއާއެކު މިހުރީ ފަޅެއް، އަދި އެހެންކަމެއްވެސް ބޭނުންވެގެން ނޫން، އެއަށް ވުރެ ގިނައިން ﷲ ވަނީ އަޅުގަނޑަށް ދެއްވާފައި: ސިޔާމް

Follow @loamaaOnline
--

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް


ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއެކުގައި އޭނާ ހުންނެވީ، އެއްވެސް އަމިއްލަ އެދުމެއްގައި ނޫން ކަމަށާއި މިހާތަނަށްވެސް އެއްވެސް ފަޅެއް ނޫނީ އެހެންވެސް އެއްޗެއް ދޭން އެދިވަޑައިގެންފައި ނުވާނެ ކަމަށް މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، މެދުރާއްޖެތެރޭގެ ތިން އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދ އަތޮޅު، މީދޫއަށް ރޭ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސަށް ތައުރީފް ކުރައްވައި ސިޔާމް ވިދާޅުވީ، ރައީސް މުއިއްޒަކީ، ރައްޔިތުންގެ ހައްގުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. 

ސިޔާމް ވިދާޅުވީ، ރައީސް ވެވަޑައިގެންފައިވާ ވައުދުތަކަކީ، ޔަގީނުންވެސް ފުއްދަވާނެ ވައުދުތަކެއް ކަމަށާއި އެކަމަށާއި ޝައްކު ނުކުރައްވާ ކަމަށެވެ. 

ސިޔާމް ވިދާޅުވީ، ރައީސާއެކުގައި އޭނާ ހުންނެވީ ރާއްޖެއަށް ތަރައްގީ ގެނެސްދިނުމަށް ކަމަށާއި އަމިއްލަ އެއްވެސް ބޭނުމެއް އޮވެގެން ނޫން ކަމަށެޗެ. 

އެހެންކަމުން، ސިޔާމް ވެސް ރައީސުލްޖުމްހޫރިއްޔާ އާއި އެކު ހުންނެވީ ދިވެހިން ބޭނުންވާ ތަރައްގީ ގެނެސްދިނުމަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކައިރިއަށް ގޮސް ނާހާނަން އަޅުގަނޑަށް ކަމެއް ކޮށްދޭކަށް، ރަށެއް ދޭކަށް، ފަޅެއް ދޭކަށް، އެހެން ކަމެއް ކޮށްދޭކަށް. އަދިވެސް ނާހަން. އަހާކަށް ނުވެސް ޖެހޭ. އެއަށް ވުރެ ގިނައިން الله ދެއްވާފައި އޮތީ އަޅުގަނޑަށް. އެހެންވީމާ މީހެއް ކައިރީ އެއްޗެއް އާހަކަށް އަޅުގަނޑަކަށް ނުޖެހޭ." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް މިހެން ވިދާޅުވެފައި ވާއިރު، ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި އޭނާ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައެވެ، ނަމަވެސް ދެވަނަ ބުރުގައި ސިޔާމް ވަނީ ކޯލިޝަން ރޫޅާލައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok