ކުރިން ހަވާސާކުރި މީހުން މި ސަރުކާރުން ބައިތިއްބާނީ ރާޑަރުގެ މެދުގައި: ރައީސް

Follow @loamaaOnline
---

ލޯމާ ގްރެފިކްސް-


މުޖުތަމައުގައި ހަވާސާކޮށްފައިވާ އެތައް ބަޔަކު އެބަ ތިބި ކަމަށާއި މި ސަރުކާރުން އެމީހުން އެމީހުން ބައިތިއްބާނީ އެންމެ ބޮޑަށް ސަމާލުކަންދޭ މީހުންގެ ގޮތުގައި "ރާޑަރުގެ މެދުގައި" ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ގިނަ ހިދުމަތްތަކެއް ދޭ މަރުކަޒެއްގެ ގޮތުގައި "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ގާއިިމްކުރި މަރުކަޒު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި، ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހަވާސާ ވެފައިވާ އެހެން ބައެއް މީހުންނަކީ ސަރުކާރުތަކުގެ ރާޑަރަށް ކުރިން ނާރާ ފަރާތްތައް ކަމަށެވެ. 

"މުޖުތަމައުގައި އަޅުގަނޑުމެން އިސްކަން ދޭން ޖެހޭ ހަވާސާކުރެވިފައި ތިބި އެތައް ބަޔަކުވެސް އެބަތިބި. އިސް ރަށްވެހީންނަށް ދޭން ޖެހޭ އިސްކަން އިރާދަކުރެއްވިއްޔާ މި ސަރުކާރުން މެއިންސްޓްރީމްކޮށްގެން ދޭނަން. އިރާދަކުރެއްވިއްޔާ ފަށާފައި މިވަނީ. ހަމަ އެއާއެކީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ހަވާސާވެފައިވާ ފަރާތްތަކާއި އަޅާނުލެވި ސަރުކާރުގެ ރާޑަރަށް ނާރައި އަބަދުވެސް އެއްކައިރީގައި ބަޖެޓުގެ ގޮތުން ކަމުގައިވިޔަސް އެކި ކަހަލަގެ ރިސޯސަސްތައް ފޯރުކޮށްދިނުންކަމުގައިވިޔަސް އެކިކަންކަމުގައި ހަވާސާކޮށްފައި ތިބި ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރުގެ މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން." ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްރަށްވެހިން ހިމެނޭ ގޮތުން، މުޖުތަމައުގަައި ހަވާސާކުރެވިފައިވާ ހުރިހާ ފަރާތްތަކަށް އިސްކަންދީގެން މަސައްކަތް ކުރުމަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ މެންޑޭޓުގައި ވެސް އޮތް ކަމެކެވެ. 

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ވެސް ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި އެކަމަށް ހާއްސަ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok