އަމިއްލަ ގޮތުން ހުޅުމާލޭ ދެކުނަށް ވާދަކުރައްވަން ދުންޏާ، ފޯމު ހުށަހަޅުއްވައިފި

Follow @loamaaOnline
--

---


ކުރީގެ ފޮރިން މިނިސްޓަރު ދުންޏާ މައުމޫން، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވައި، އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފިއެވެ.  

ދުންޏާ، ވާދަކުރައްވަނީ، ހުޅުމާލޭ ދެކުނު ދާއިރާއަށެވެ.

ދުންޏާގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅުއްވާފައިވާއިރު، ފޯމު ހުށަހެޅުއްވުމަށް ދުންޏާއާއެކު، އޭނާގެ ކޮއްކޮ އަދި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައިވެސް ދުންޏާ ވަނީ ހުޅުމާލޭ ދެކުނަށް ވާދަކުރައްވާފައެވެ. ނަމަވެސް ޕްރައިމަރީން ދުންޏާގެ މައްޗަށް ކުރި ހޯއްދެވީ ޝަނީޒް ހާޝިމް (ޝާންކޮ)އެވެ.

އެކްސްގައި ދުންޏާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ، އަމިއްލަ ގޮތުން ހުޅުމާލޭ ދެކުނަށް ވާދަކުރައްވަނީ އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok