ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ: ކިނބިދޫ ދާއިރާއިން އަޝްރަގަށް ދިނީ ލޯތްބާއި ސާފު މެޖޯރިޓީ!

Follow @loamaaOnline
None

-


މިއަދު ބޭއްވި ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަކީ، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އެއް ޕްރައިމަރީއެވެ. ޕްރައިމަރީގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އެއް ދާއިރާއަކީ ޖުމްލަ ފަސް ރަށެއްގެ މައްޗަށް އެކުލެވޭ ކިނބިދޫ ދާއިރާއެވެ. އެ ދާއިރާއަށް ޖުމްލަ ހަ ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ދާއިރާގެ ރަށްތަކަށް އުފަން ހަތަރު ކެންޑިޑޭޓަކު ހިމެނެއެވެ. އަދި ދާއިރާއިން ބޭރު ދެ ކެންޑިޑޭޓުން ހިމެނެއެވެ.

ޕްރިމަރީގެ ކެމްޕެއިން ދުވަސްވަރު ދާއިރާގެ ގިނަ ރައްޔިތުންގެ ރޫހަކީ "ދާއިރާގެ ދަރިއަކަށް" ޓިކެޓު ދިނުމެވެ. ދާއިރާގައި އޮތް އެންމެ އާބާދީ، ކިނބިދޫން ނުކުމެ ހުރީ ޒުވާން ނޫކަށި ފުރައިގެ ޢަލީ އަޝްރަގެވެ. މިއަދު ބޭއްވި އިންތިހާބުވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އަޝްރަގެވެ. މިއީ، ޒަމާނުއްސުރެ ދާއިރާގެ މަޖިލިސް ގޮނޑި ދާއިރާއިން ބޭރު ކެންޑިޑޭޓަކަށް ދޫކޮށްލުން ނިމުމަކަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދާއިރާގެ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.

ކިނބިދޫ ދާއިރާގެ ވޯޓުގެ ނަތީޖާ:

  • އިބްރާހިމް ޝާހް - 40 ވޯޓު
  • މުހައްމަދު އަބްދުﷲ - 201 ވޯޓު
  • އަލީ އަޝްރަގު- 439 ވޯޓު
  • ހަންޓާ އަހުމަދު - 238 ވޯޓު
  • އިބްރާހިމް އިނާޒު - 259 ވޯޓު 
  • މުހައްމަދު އަސްލަމް- 324 ވޯޓު

އަޝްރަގަށްވަނީ ވޯޓުލީ މީހުންގެ 29 ޕަސަންޓު ލިބިފައެވެ. 

ޕްރައިމަރީގެ ކެމްޕެއިންގައި ހުރިހާ ކެންޑިޑޭޓުންވެސް ގަދައަޅައި މަސައްކަތްކުރިއިރު، އަޝްރަގަށް ޓިކެޓު ހޯދައިދިނުމަށް ދާއިރާގެ ރަށްތަކުން ހާއްސަކޮށް ކިނބިދޫން އޮތީ ތަފާތު ރޫހެކެވެ. ކިނބިދޫ ރައްޔިތުން އަޝްރަގަށް ދިނީ ރަށު ކެންޑިޑޭޓަށް ހައްގު ސާފު، މިންވަރެވެ. އެހެން ރަށްރަށުގެ ބޮޑު ބައިވެރިވުމަކާއެކު އަޝްރަގު މިއަދު އެހުރީ ސަރުކާރުގެ ޓިކެޓު ޖީބަށް ޖަހާލައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ދާއިރާއަށް ހޯދައިދޭން ވަރުގަދަ އަޒުމަކާއެކުގައެވެ. އަޝްރަގުގެ މޮޅާއެކު އޭނާގެ ބައެއް ވާދަވެރި ކެންޑިޑޭޓުންވެސް މިހާރު ވަނީ މަޖިލިސް އިންތިހާބުގައި އަޝްރަގަށް ތާއީދުކުރަން ނިންމައި އެކަން އިއުލާނުކޮށްފައެެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok