މާވަށު ދާއިރާއަށް އަސޭ ދޭ ޔަގީންކަމަކީ ބާކީ ނުކުރާނެކަން!

Follow @loamaaOnline
--

---


ހައްދުންމަތީ މާވަށު ދާއިރާއަކީ ޒަމާނުއްސުރެ ބާކީކޮށްލާފައި އޮންނަ، ވެރީންގެ މެދުގައި ސަމާލުކަން ކުޑަ ދާއިރާއެކެވެ. އެ ދާއިރާގައި ހިމެނޭ މާވަށް ހިތަދޫ އަދި ކުނަހަންދޫގެ ރައްޔިތުންގެ އެއިރުގެވެސް އަދި މިހާރުވެސް އުންމީދަކީ، އެ ދާއިރާގެ އާހުގެ އަޑު އަހާނެ ދަރިއަކަށެވެ. ދާއިރާގެ ރަށަކަށް އުފަން ދާއިރާއަށް ފަރިތަ ޒުވާން ލޭ ހިނގާ ދަރިއަކަށެވެ.

މާވަށު ދާއިރާއަށް ބޭނުންވާ ހަޤީޤީ ދިރުން ގެނެސްދޭން މި ފަހަރު، ކަމަރު ބަނދަގެން ހުރި އެކަކަކީ، ލ. ހިތަދޫ، ބަހާރުގެ އުމުރުން 25 އަހަރުގެ އަސަދުﷲ އާދަމް (އަސޭ) އެވެ. އޭނާއަކީ، އެންމެންނާވެސް ގުޅޭ، ދާއިރާއަށް ފަރިތަ ޒުވާނެކެވެ. އޭނާގެ ހަށިގަނޑުގައި ހިނގަނީ ޒުވާންކަމުގެ ހޫނު ލެއެވެ. ދާއިރާގެ ހުރި މައްސަލަތައް އަސޭއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ މައްސަލަތައް އޭނާ ލޮލުން ދެކި އަތުން ހިފައިފިއެވެ. 

ކުރިއަށް އޮތް ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގައި އަސޭ ނުކުމެ އެހުރީ ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި މާވަށު ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށެވެ. ދާއިރާގެ ޒުވާނުން ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. އިސް ރަށްވެހީންނަށް ދޭން ޖެހޭ ހަޤީޤީ ގަދަރު ދީ، އެ މީހުންގެ ލަފައާ އިރުޝާދާއެކު ދާއިރާގެ މަލަމަތި އުޖާލާ ކުރުމަށެވެ. އަނބުރުވެރި، ފުދުންތެރި މުޖުތަމައެއް ހޯދައިދިނުމަށެވެ. ކުށްމަދު އަމާން ވެއްޓެއް ހޯދައިދިނުމަށެވެ. މިއީ މާވަށް ދާއިރާއަށް އަސޭ ކުރާ އުންމީދުތަކެވެ.




އަސޭއަކީ، ސިޔާސީ ތަޖުރިބާހުރި، އަދި ކިޔަވައިގެން ހުރި މީހެކެވެ.  އަަމަލީ ގޮތުން އެތައް ތަޖުތިބާއެއް އޭނާއަށް ލިބިފައިވެއެވެ. ސިޔާސީ ކަންކަމުގައި އަދި ރަށު ފެންވަރުގެ ކަންކަމުގައި އަބަދުވެސް އަސޭގެ ނަން އުޅެނީ ލިސްޓުގެ ކުރީގައެވެ. ޒުވާނުންގެ އަތުގައި ހިފައިގެން އަސޭ ނުކުމެ މިއަދު ހުރީ އޭނާ ފަދަ ޒުވާނުންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށެވެ. ބިކަވާން ދޫކޮށްނުލައި އެހީގެ އަތެއް ފޯރުކޮށްދިނުމަށެވެ. 



މާވަށު ދާއިރާގެ ރައްޔިތުންނަށް އަސޭ ދޭން ބޭނުން ވަނީ މުހިންމު މެސެޖެކެވެ. އެއީ އޭނާ ދިއްކުރާ އަތުގައި ހިފުމަށެވެ. އެ އަތުގައި ހިފައިފި މީހެއް ބާކީ ނުވާނެކަމުގެ ޔަޤީންކަން އޭނާ ދެއެވެ. އަސޭ އެ ހުރީ އޭނާގެ ދެ އަތް ދާއިރާގެ ރައްޔިތުންނަށްޓަކައި ތަންމިނަށް ހުޅުވައިގެންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok