ހަރަދުތައް ހަމަޖެއްސުމަށް 4.3 ބިލިއަން ރުފިޔާގެ ޓީ ބިލު ވިއްކަނީ

Follow @loamaaOnline
--

--


ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ހަތަރު ބިލިއަން ރުފިޔާގެ ޓީ ބިލު ވިއްކަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު 4.3 ބިލިއަން ރުފިޔާގެ ހަތަރު ޓީބިލެއް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ

އާދީއްތަ ދުވަހު ވިއްކަން ނިންމާފައިވާ ޓީބިލްތައް:

2.3 ބިލިއަން ރުފިޔާގެ ޓީބިލް: %3.5 އިންޓަރެސްޓްގައި 28 ދުވަސް ތެރޭގައި އަނބުރާ ދައްކަން
263.4 މިލިއަން ރުފިޔާގެ ޓީބިލް: %3.8 އިންޓަރެސްޓްގައި 98 ދުވަހުން ތެރޭގައި އަނބުރާ ދައްކަން
69 މިލިއަން ރުފިޔާގެ ޓީބިލް: %4.23 އިންޓަރެސްޓްގައި 182 ދުވަސް ތެރޭގައި އަނބުރާ ދައްކަން
1.7 ބިިލިއަން ރުފިޔާގެ ޓީބިލް: %4.6 އިންޓަރެސްޓްގައި 364 ދުވަސް ތެރޭގައި އަނބުރާ ދައްކަން

ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok