ލަދުހުތުރު ހުރިހާ ވެބްސައިޓެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ: ރައީސް

Follow @loamaaOnline
--

16 ޑިސެމްބަރު 2023: މާލެ، ރައީސް ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ގައުމީ ޖަލްސާގައި ރައީސް ވިދާޅުވީ، ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށާއި އެ ކަންކަން މަނާކުރުމަކީ، ގާނޫނުންނާއި އިސްލާމް ދީނުން ވެރިޔާގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން. މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި. ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި ބަހަރަނާ ސައިޓުތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް ކަމަށާއި އެއީ މީހާ ލޮޑުކޮށްލާކަމެއް ކަމަށެވެ. އަދި އެއީ މީހާގެ އުފެއްދުންތެރިކަން މަރާލައި ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާ ކަމެއް ކަމަށެވެ.

ސަރުކާރުން އަންގައިގެން އިއްޔެއިން ފަށައިގެން ވަނީ ރާއްޖެއަށް ފެންނަ ބަރަހަނާ ސައިޓުތައް ބްލޮކްކުރަން ފަށައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok