ފޭދޫ އުތުރު ދާއިރާ: އެންމެންގެ ހުސެއިނާ، ތަފާތު ފެންނާނެ، ތަފާތު ދައްކާނެ!

Follow @loamaaOnline
---

ފޭދޫ އުތުތު ދާއިރާގެ ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން ނިޒާމް (ހުސައިނާ)


ސ. ފޭދޫ، މައިނާއާގޭ ހުސައިން ނިޒާމް (ހުސެއިނާ) އަކީ، ފޭދޫގެ މީހުންގެ މެދުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލު މީހެކެވެ. އޭނާއަކީ އެކިއެކި ކުޅިވަރުތަކުގައި، ފޭދޫގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކުޅިވަރުގެ ޝަހުސެކެވެ. ރައްޔިތުންގެ އެތައް އިހުސާސެއް، އޭނާ ދަނެއެވެ. އައްޑޫ ސިޓީއަށް ހާއްސަކޮށް ފޭދޫ އާއި މަރަދޫފޭދޫއަށް ސަރުކާރުތަކުންވަމުންދާ އިހުމާލު ކައިރިން އޭނާ ތަޖުރިބާކޮށްފިއެވެ.

އައްޑޫ، ފޭދޫ އަދި މަރަދޫފޭދޫއަށް ހަގީގީ ތަރައްގީ އަދިވެސް ނުލިބި އޮތްއިރު، ފޭދޫ އާއި މަރަދޫފޭދޫގެ އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ ވަޒީފާއެއް ނެތިއެވެ. މަގުތަކަށް ގިނަވެ އެކިއެކި ކުށްތަކުގެ ޝިކާރައަކަށް ވެފައެވެ. ކުޅިވަރު ކުޅުމަށް ހުރި ވަސީލަތައް މަދުކަމާއި ހުރި ވަސީލަތްތައްވެސް ބާވެ، ވީރާނާވެފައި ހުރުމުން ފޭދޫއާއި މަރަދޫފޭދޫގެ ޒުވާނުން ތިބީ މާޔޫސްވެފައެވެ. ކުޅިވަރުގައި ކުރިއަށް ދެވޭނެ ދޮރުތައް ވަނީ ބަންދުވެފައެވެ. 

އައްޑޫ ފޭދޫއާއި މަރަދޫފޭދޫގެ ސިއްހީ ނިޒާމުވެސް އޮތީ ބޮއްސުންލައިފައެވެ. ޒަމާނީ ބަދަލުތަކަށް އެ ނިޒާމު އަދިވެސް އޮތީ ނުފަރިތަކޮށެވެ. ވަސީލަތްތައް މަދެވެ. ހިދުމަތް ހޯދަން މާލެއަށް ބަރޯސާވުން އަދިވެސް ނިމުމަކަށް ނާދެއެވެ. މިކަހަލަ އެތައް ޝަކުވާއެއް އައްޑޫ، ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންގެ އެބަ ހުއްޓެވެ. އެ ޝަކުވާތަކުގެ އަޑު އަހާނެ މީހެއްގެ ނުވަތަ ހާދިމެއްގެ އިންތިޒާރުގައި އެ ރައްޔިތުން ތިބޭތާ ލައްކަ ޒަމާންވެއްޖެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާއެކު، ރައްޔިތުންގެ ވިންދު، ސަރުކާރާ ހަމައަށް ގެނެސްދިނުމަށް، މި ފަހަރު، ނުކުމެ ހުރީ ޒުވާން ހުސެއިނާއެވެ. މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އައްޑޫ ފޭދޫ އުތުރު ދާއިރާއަށް ހުސެއިނާ ވާދަކުރަނީ، އުންމީދަކާއެކު ވަރުގަދަ އަޒުމެއްގައެވެ. ދާއިރާ އޮތް ހާލަތުން އެހެން ހާލަކަށް ގެނައުމުގެ ތަސައްވަރާ ވިސްނުމާއެކުގައެވެ. އަމިއްލައަށް ކަންކަން ތަޖުރިބާކޮށް، އެ ތަޖުރިބާ މަޖިލީހުގައި ހިއްސާކޮށް ސަރުކާރަށް އެހީތެރިވުމަށެވެ.



"އަޅުގަނޑު ގަބޫލުކުރަނީ މި ވަގުތު ދާއިރާއަށް ބޭނުންވަނީ ޒުވާން ވިސްނުމާއި ދާއިރާއަށް އަވަހަށް ކަންތައްތަކެއް ކުރުވަން މަސައްކަތް ކޮށްދޭނެ މުރާލި މީހަކު ކަން. އެކަން އަޅުގަނޑަށް ވާނެ ކަމުގެ ޔަގީންކަން އޮތީމައި މި ނުކުތީ" ހުސައިނާ "ލޯމާ" އަށް ބުންޏެވެ. 

ހުސައިނާގެ ތަސައްވަރު:

  • ރައްޔިތުންގެ ހާލަތު އަބަދުވެސް ބަލައި ރައްޔިތުންގެ އަޑު ސަރުކާރަށާއި މަޖިލީހަށް އިއްވައިދިނުން
  • އެއްބައިވަންތަ މުޖުތަމައެއް ބިނާކޮށް ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކޮށްދިނުން
  • ރައީސް މުއިއްޒުގެ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެހީތެރިވެދިނުން
  • އައްޑޫގައި ހިންގޭ މަޝްރޫއުތަކުގެ ވަޒީފާގެ އިންސައްތައެއް ރައްޔިތުންނަށް ހޯދައިދޭން ވަކާލާތުކޮށްދިނުން
  • ސިއްހީ ފަރުވާ ލިބުމުގައި ހުރި ދަތިތައް ހަލުކުރުމަށް މަސައްކަތްކޮށްދިނުން
  • މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަސޭހައިން ފަރުވާގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކޮށްދިނުން
  • ޒުވާނުން ބާރުވެރިކުރުވުމާއި ތައުލީމީ، ފަންނީ އަދި މުނިފޫހިފިލުމުގެ ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން
  • ދުޅަހެޔޮ ފާހަގަތި މާދަމާއައެއް ކަށަވަރުކޮށްދިނުން
  • ކީރިތި ޤުރުއާން ހިލޭ ކިޔަވައިދޭ ކްލާސްތައް އިތުރުކުރުމަށް ވަކާލާތުކޮށްދިނުން
  • މަޖިލީހުގެ ދައުރުގެ ކޮންމެ އަހަރަކު ދާއިރާއަށް އަމިއްލަ ހަރަދުގައި އުމްރާ ދަތުރުތަކެއް ދިނުން
  • ދާއިރާގައި އިސްލާމް ދީނާއި ދީނުގެ އަގީދާ ކުރިއަރުވަން މަސައްކަތް ކޮށްދިނުން


ހުސެއިނާއަކީ ނުވަ އަހަރު ދިވެހި ފުލުހުންގެ ހިދުމަތުުގައިވެސް މަސައްކަތްކޮށްފައިވާ ގާނޫނު އަސާސީއަށް ފަރިތަ މީހެކެވެ. އޭނާއަކީ، ރައްޔިތުންގެ އިހުސާސްތައް ދަންނަ މީހެކެވެ. ހުސެއިނާ ނުކުމެ އެހުރީ، ފޭދޫ އުތުރު ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދިނުމަށެވެ. ދާއިރާއަށް ވެފައިވާ ބޮޑު އިހުމާލުން އަރައިގަނެ، ދާއިރާގެ މަލަމަތި ރީތިކޮށްދޭށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok