ކިނބިދޫ ދާއިރާގެ ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ: މަގުބޫލު ކެންޑިޑޭޓު ހޮވުމުގެ ޕޯލު ކާމިޔާބުކުރީ އަޝްރަގު

Follow @loamaaOnline
None

--


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގައި ތ. ކިނބިދޫ ދާއިރާއަށް ވާދަކުރައްވާ ހަތް ކެންޑިޑޭޓުންގެ މެދުގައި 
"ލޯމާ" އިން ނެގި "މަގުބޫލު ފަރާތް ހޮވުމުގެ ޕޯލް" އިން އަލީ އަޝްރަގު ކުރި ހޯދައިފިއެވެ.

"ލޯމާ"ގެ ޕޯލް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިއަދުގެ ނިޔަލަށް ޕޯލްގެ ސުންގަޑި ހަމަވެފައިވާއިރު، ޖުމްލަ 1،892 މީހުން ޕޯލްގައި ވޯޓުލާފައިވެއެވެ. 

ޕޯލްއިން އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ އަޝްރަގަށެވެ. އޭނާއަށް 760 މީހުން ވޯޓުލާފައިވެއެވެ. އެއީ ވޯޓުލީ މީހުންގެ 40 ޕަސަންޓެވެ.

ވޯޓުލީ އަދަދާއި ޕަސަންޓޭޖު

  • މުހައްމަދު އަސްލަމް (ކަސްޓަމާ): 35 ޕަސަންޓް / 677 ވޯޓު
  • އިބްރާހިމް އިނާޒް: 14 ޕަސަންޓް /283 ވޯޓު
  • އަލީ އަޝްރަގު: 40 ޕަސަންޓް / 760 ވޯޓު
  • މުހައްމަދު އަބްދުﷲ (ފުޅު): 4 ޕަސަންޓް / 90 ވޯޓު
  • ހަންޓާ އަހުމަދު:  3 ޕަސަންޓް / 64 ވޯޓު
  • އިބްރާހިމް ޝާހް: 0 ޕަސަންޓު / 18 ވޯޓު

"ލޯމާ" އިން މި ނެގި ޕޯލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޯޓުލާފައިވެއެވެ. އަދި މި ވޯޓުގެ ނަތީޖާއަކީ ކިނބިދޫ ދާއިރާގެ ޕީޕީއެމް-ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުންނަށް ދާއިރާގެ ތާއީދު އޮތް މިންވަރު އެންމެ ރަނގަޅަށް ދައްކައިދޭނެ ޕޯލެއްވެސް ނޫނެވެ. މި ޕޯލްގެ ބޭނުމަކީ، ކެންޑިޑޭޓުންގެ ވާދަވެރިކަން ދައްކައިދިނުމާއި އެ ކެންޑިޑޭޓުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އޮތް ތާއީދު ހާމަކޮށް އޭގެ ތެރެއިން އެންމެ މަގުބޫލު ފަރާތެއް ހޮވުމެވެ. މި ޕޯލުގެ ސައްހަކަން ކަށަވަރުކުރުމަށް ވޯޓުލީ މީހުންގެ ފޭސްބުކް އައިޑީ އެންމެންނަށްވެސް ފެންނަން ހުންނާނެއެވެ. އަދި ވޯޓުލީ އަދަދާއި ޕަސަންޓޭޖު ވަގުތުން ފެންނަން ހުންނާނެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok