ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކަރެކްޝަންސްގެ އޮފިސަރަކު މަރުވެއްޖެ

Follow @loamaaOnline
--

އެކްސިޑެންޓުގައި މަރުވި ޒުވާނާ---


ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ ހެޑް އޮފީސް ކުރިމަތީގައި މިރޭ 2:50 ހާއިރުއެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މެރޫން ކުލައިގެ ސްޕޯޓްސް ކާރަކުން ސައިކަލުގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ، ހަސަން ސަމާހް 23އ އެވެ. އޭނާއަކީ ކަރެކްޝަންގެ އޮފިސަރެކެވެ، އޭނާ ކަރެކްޝަންއާ ގުޅުތާ އަދި ވާނީ ތިން ވަރަކަށް އަހަރެވެ، ކާރުގައި ޖެހުމުން އޭނާ ދިޔައީ ވިއްސައިގެންނެވެ. އަދި ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. ސައިކަލު ފަހަތުގައި އިން މީހާއަށްވެސް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފައެވެ.

އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ ޕިކަޕަކަށް ލައިގެން ހުޅުމާލޭ ހޮސްޕިޓަކަށް ގެންދިޔަ މަގުމަތީގައެވެ.  

މައުލޫމާތު ލިބޭ ގޮތުގައި ކާރު ދުއްވަން އިން މީހާގެ ލައިސެންސެއް ނެތެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok