ރައީސްއާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ބުނެ، މިިނިސްޓަރު ރަމީޒްގެ އަނބިކަނބަލުން ހައްޔަރުކޮށްފި

Follow @loamaaOnline
--

---


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.

ޝަމްނާޒް އަކީ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ އަނބިކަނބަލުންނެވެ. 

އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކުރުމަށް ފަހު، މުއްދަތު ޖެހުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ. 

ޝަމްނާޒް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ، އޭނާ ދިރިއުޅުއްވާ ގެ ބަލައިފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. 

ޝަމްނާޒް ކުރިން މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު މުލީއާގޭގަ އެވެ. ނަމަވެސް މި ފަހުން އޭނާ ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

ޝަމްނާޒް ހައްޔަރުކުރިއިރު، އޭނާގެ ފިރިކަލުން ރަމީޒްއާ ރައީސް މުއިއްޒުއާ ގުޅުން ގޯސްވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އޭނާ މަގާމުގެ ޒިންމާއިން އެކަހެރިކޮށްފައި ހުރިކަމުގެ އަޑުތައްވެސް ވަނީ ގިނަވެފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok