ޔަލްވީ އަނެއްކާވެސް ގެއްލިއްޖެ، ހޯދަން އާއްމުންގެ އެހީއަށް އެދިއްޖެ

Follow @loamaaOnline
---

-----


މާލެއިން އަންހެން ކުއްޖަކު މާލެއިން ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ގެއްލުގެން ފުލުހުން ހޯދަމުންދަނީ މިދިޔަ ފެބްރުއަރީ މަހުވެސް ގެއްލިގެން ހޯދަން އިއުލާނުކުރި މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) އެވެ.

ފުލުހުން ބުނީ ޔަލްވީ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުންޏެވެ. 

ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok