ފިރިހެނުން ބަރަހަނާކޮށް ފޭރޭ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ހުމައިނާ ބަނޑުބޮޑު!

Follow @loamaaOnline
None

--


ދަޅަ ދައްކައިގެން ހިޔާ ފްލެޓަށް ފިރިހެނުން ވައްދައި، އެ މީހުން ބަހަނާކޮށް، ބްލެކްމެއިލްކުރާ ނެޓްވޯކްގެ އިސްކޮށް ހަރަކާތްތެރިވާ  މ. އޯކިޑްގަސްދޮށުގެ، އައިމިނަތު ހުމައިނާ ޒަކަރިއްޔާ 24އ ބަނޑުބޮޑު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، އެޗް-5-3-18 ވަނަ އެޕާޓުމަންޓަށް ހަށިވިއްކާނެ ކަމަށް ބުނެ ފިރިހެނުން ގެންގޮސް، އެ މީހުން ބަރަހަނާކޮށް، ބްލެކްމެއިލްކުރާ މައްސަލަތަކެއް މި އަހަރު ފެންމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ ފަދަ ފަސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އެ ނެޓްވޯކްގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދެ އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އޭގެ ތެރެއިން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދެ އަންހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ތެރެއިން ހުމައިނާ ފިޔަވައި އެހެން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހުމައިނާއަކީ ބަނޑުބޮޑު މީހެއް ކަމުން އޭނާ ވަނީ ކޯޓަށް ނުގެންގޮސް ދޫކޮށްލައިފައެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި އެ ނެޓްވޯކްގައި އިތުރު މީހުންވެސް ޝާމިލްވެއެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok