ވަޅިން ބިރުދައްކައި މާލޭގެ މަގެއްގެ މަތިން 1.3 މިލިއަން ރުފިޔާ ފޭރުނު މީހަކު ފަސް އަހަރަށް ޖަލަށް

Follow @loamaaOnline
None

ބޭރު ފައިސާ މާރުކުރާތަނެއްގެ ކައިރީގައި ބަޔަކު---


މާލޭގެ މަގުމަތިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި އެކަކު ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން 
މިއަދު ހުކުމްކޮށްފި އެވެ.

މިއީ އޮގަސްޓް 2021 ގައި މަނީ އެކްސްޗޭންޖް ކުންފުންޏެއްގެ މުވައްޒަފުންތަކެއް މަގުމަތިން ދަނިކޮށް ދެ މީހަކު ވެގެން ގޮސް ވަޅިން ބިރު ދެއްކުމަށް ފަހު ނުވަ ލައްކަ ރުފިޔާ އާއި 27،000 ޑޮލަރު (ހަތަރު ލައްކަ ރުފިޔާ) ފޭރުނު މައްސަލައެވެ. އެ ފައިސާ ފޭރުނީ އެ ތަނުގެ ވެރިމީހާ އާއި މުވައްޒަފަކު ސައިކަލުގައި ދަނިކޮށް ބިންމައްޗަށް ވައްޓާލުމަށް ފަހު ވަޅިން ބިރު ދައްކައިގެންނެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގ. ހިޔަރޯދި މުހައްމަދު ޝަމްއާން ސަލީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޝަމްއާން އިތުރު މީހަކާއެކު ސައިކަލުގައި ގޮސް ފައިސާ ދަބަސް ފޭރުނު އިރު، ސައިކަލް ދުއްވަން ހުރީ އޭނާ ކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން އެކަމަށް ބާރު ދޭތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި އެ ހުކުމް އިއްވި ގާޒީ އަލީ އާދަމް ވިދާޅުވީ، އެ ކުށުގެ އަސްލު އަދަބަކީ 8 އަހަރަށް ޖަަލަށްލުން ކަމަށް ވިޔަސް، އޭނާ އެ މައްސަލާގައި ދެ އަހަރާއި ދިހަ މަސް ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ބައި ހުކުމުގެ މުއްދަތުން އުނި ކުރުމަށް ފަހު ފަސް އަހަރާއި އެއް މަހަށް އޭނާ ޖަލަށް ލާން ހުކުމްކުރީ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok