ހުޅުމާލެއިން ގެއްލުނު ޒީވާ މާލެއިން ފެނިއްޖެ، ހާލު ރަނގަޅު

Follow @loamaaOnline
None

--


ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މާލެއިން ފެނިއްޖެއެވެ. 

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު، 13އ. އެވެ. 

ޒީވާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭ 7:45 ހާއިރުއެވެ.

ފުލުހުން ބުނީ ޒީވާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެގެ 18:00 ހާއިރު، އެ ކުއްޖާ މިހާރު ދިރިއުޅޭ އެޕާޓްމަންޓް، ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްގެ އެޗް 12 އިން ކަމަށާއި ގެއްލުނު ވަގުތުގައި ޒީވާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި އެކުލައިގެން ޕޮކެޓް ޖިންސެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، މިއަދު މެންދުރު 12:15 ހާއިރު މާލެއިން ޒީވާ ފެނިފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުންޏެވެ. 

އެނގިފައިވާ ގޮތުގައި ޒީވާ ފެނިފައިވަނީ މާލޭގެ ގެއެއްގައި ހުއްޓައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok