ހިޔާ ސަހަރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

Follow @loamaaOnline
--

2 އޭޕްރިލް 2024: ގެއްލިގެން ހޯދަމުންދާ ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު، 13އ. --- ފޮޓޯ/ ޕޮލިސް


ހުޅުމާލެއިން 13 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ރޭ ދަންވަރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު، 13އ. ކަމަށެވެ. 

ޒީވާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭ 7:45 ހާއިރު ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޒީވާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެގެ 18:00 ހާއިރު، އެ ކުއްޖާ މިހާރު ދިރިއުޅޭ އެޕާޓްމަންޓް، ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްގެ އެޗް 12 އިން ކަމަށާއި ގެއްލުނު ވަގުތުގައި ޒީވާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި އެކުލައިގެން ޕޮކެޓް ޖިންސެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޒީވާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok