ޓޭކްއަވޭ ތަނަކަށް ގެއްލުން ދޭން އުޅުނު މީހަކަށް "ގޭންގަކުން" ހަމަލާދީފި

Follow @loamaaOnline
None

--


މާލޭގައި ހުރި ޓޭކްއަވޭ ތަނަަކަށް ގެއްލުން ދޭން އުޅުނު ކަމަށް ބުނާ މީހެއް ގައިގައި މާލޭގައި ހަރަކާތްތެރިވާ "ގޭންގް" އަކުން ހަމަލާދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި މާރާމާރީގެ ވީޑިއޯއަކުން ފެންނަނީ ފަސް ވަރަކަށް މީހުން ވެގެން އެކަކު ގައިގައި ތަޅާ މަންޒަރެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލޭ ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުން ދޭން އުޅޭ ކަމުގެ މައުލޫމާތު މިރޭ 7:00 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު މާރާމާރީ ހިންގި މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި މި މާރާމާރީއާ ގުޅިގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެއީ ޓޭކްއަވޭ އައުޓްލެޓަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހާ އާއި މާރާމާރީގައި ބައިވެރިވީ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok