މާމެންދޫގައި ނަރީޝަށް ހަމަލާ ދީފި

Follow @loamaaOnline
--

---


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ދީދީގެ ކެމްޕެއިނަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ގއ. މާމެންދޫއަށް ވަޑައިގަތުމުން ހިނގި ހަމަނުޖެހުމެއްގައި މީހަކު އޭނާއަށް ހަމަލާ ދީފިއެވެ. 

އެ މާރާމާރީ ހިނގީ ކޮލަމާފުށިން މާމެންދޫއަށް ކެމްޕެއިން ޓީމަކާއެކު ކެމްޕެއިންނަށް ގޮސް އުޅެނިކޮށް އެމްޑީޕީގެ ދެ އެކްޓިވިސްޓަކު އޭނާއާ ދިމާކޮށްލައިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން އައިސް އޭނާއާ ޒުވާބުކޮށް، އެތަނުން އެކަކު އޭނާގެ ބުރަކަށީގައި ގޮށް މުށުން ޖަހައި މާރާމާރީ ހިންގައިފައެވެ. ނަމަވެސް ނަރީޝްއަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެ ހަމަލާގައި ބައިވެރިވި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok