އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސަކަށް ޝާހިދު

Follow @loamaaOnline
None

--


އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކުރިމަތިލުމުން، އެ މަގާމަށް އޭނާ ހޮވިވަޑައިގެންފިއެވެ.

އެމްޑީޕީން ދެންމެ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޝާހިދު އެކަނި ކަމަށާއި އެހެންވެ އިންތިހާބަކާ ނުލައި އެމަގާމަށް އޭނާ އިންތިހާބުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. ނަމަވެސް އެ ޕާޓީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖެއްސިއެވެ. 

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންފައިވާ އިރު، އޭނާ ވަނީ މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމު ފުރުއްވައިފައެވެ. 

މީގެ އިތުރުން އޭނާ ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok