މަގުމަތިން މާޔަންއަށް ހަމަލާދީ ފޭރިއްޖެ

Follow @loamaaOnline
---

----


ހުޅުމާލޭގެ މަގެއްގެ މަތީ ޖޮގިންއަށް ނުކުމެ އުކުމެ އުޅެނިކޮށް، ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ އިސްވެރިޔާކަން މީގެ ކުރިން ކުރެއްވި މާޔަން މުހައްމަދަށް ހަަމަލާދީ އޭނާގެ އަތުން ފޭރިއްޖެއެވެ.

ފޭސްބުކުގައި، މާޔަން މިއަދު ހެނދުނު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނު 6:15 ހާއިރު ހުޅުމާލޭ ކްލޭ ސްޓޫޑިއޯ ހުންނަ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އަދި ދެ މީހަކު އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު ކަރުގައި އޮތް ރަން ފަށް ފޭރިގެންފައިވާ ކަމަށެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"އެއްވެސް މީހަކު މި ފަށް މިއަދު ވިއްކަން ނޫނީ އަޅައިގެން ހުރިތަން ފެނިއްޖެނަމަ އަންގާލަދިނުން އެދެން" އެ ފަށުގެ ފޮޓޯއަކާއެކު އޭނާ ކުރި ޕޯސްޓުގައި ބުންޏެވެ.

ވައްކަމާއި ފޭރުމަކީ މާލޭ ސަރަހައްދުގައި އާއްމު ކަމެކެވެ. އެގޮތުން މިދިޔަ ހަފްތާގައި، ކާާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެއިންވެސް ވަނީ މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގައިފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok