ހުޅުމާލޭގައި ތޫނު އެއްޗަކުން މަންމައަށް ހަމަލާދިނީ ނަފްސާނީ ބަލި ހުންނަ މީހެއް

Follow @loamaaOnline
None

None


ހުޅުމާލޭގައި ރޭ ތޫނު އެއްޗަކުން މަންމައަށް ހަމަލާދިން މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ. 

ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގައި ރޭ 6:50 ހާއިރު ވަނީ ދަރިޔަކު އޭނާގެ މަންމައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. ފުލުހުން ރޭ ބުނި ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ. ނަމަވެސް އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލާފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވެއެވެ. 

ފުލުހުން ބުނީ އެ ހަމަލާ ދިނީ އާއިލީ މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، 25 އަހަރުގެ އެ މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށާއި އެ މީހާހައަށް ފަރުވާ ދެނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok