އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އާޒިމް ފޯމު ހުށަހަޅުއްވައިފި

Follow @loamaaOnline
--

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވަނީ---


މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފައެވެ.

އާޒިމަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގެންނެވީ، އޭނާއާ ވާދަކުރައްވާނެ އިތުރު ކެންޑިޑޭޓެއް ނެތުމުންނެވެ. 

އާޒިމް އީސީއަށް މިއަދު ފޯމު ހުށަހެޅުއްވިއިރު، ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް އެމްޑީޕީން ވާދަކުރައްވާ ތިން ކެންޑިޑޭޓުންވެސް ވަނީ ފޯމު ހުށަހަޅުއްވާފައެެވެ.

މާލޭ ސިޓީއަށް މޭޔަރަކު ހޮވުމުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހުއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި. ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު މޭޔަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މާލޭގެ މޭޔަރުކަމަށް އާޒިމް ފޯމު ހުށަހެޅުއްވިއިރު، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް"އިން މުހައްމަދު ސައިފް ފާތިހުއާއި ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރާއި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުވެސް ވަނީ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމައިވައިފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok