އާޒިމް އަކީ ހުނަރުވެރި ހިންގުންތެރިއެއް: ޑރ. ޑީޑީ

Follow @loamaaOnline
--

--


މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމަކީ ހުނަރުވެރި ހިންގުންތެރިއެއްކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ހުޅުމާލޭ އުތުރު ދާއިރާ ( T-17 ) އަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައިވާ ޑރ. ޑީޑީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާޒިމަކީ ހުނަރުވެރި، ހިންގުންތެރި އަދި އިހުލާސްތެރި ބޭފުޅެއް ކަމަށެވެ.

" (އާޒިމަކީ) އެ މަނިކުފާނާ ހަވާލު ކުރެވުނު ކޮންމެ ޒިންމާއެއް ވަރަށް ފުރިހަމައަށް އަދާ ކުރެއްވި ނަމޫނާ ބޭފުޅެއް" ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ "ލޯމާ" އަށް ވިދާޅުވީ، އާޒިމަށް މާލޭގެ މޭޔަރުކަން ހޯދައިދިނުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި ކެމްޕެއިން ހަރަކާތްތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ

ޑރ. ޑީޑީއަކީ ދަތުގެ ހާއްސަ ޑޮކްޓަރެކެވެ. އަދި އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޑރ. ޑީޑީ އަކީ އެމްޑީޕީގެ ތިން ވަނަ ރައީސްވެސް މެއެވެ. އޭނާ  އެމްޑީޕީގެ ރައީސްކަން ކުރެއްވީ، 2011-2012 އަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok