އެމްޑީޕީ މަޖިލިސް ޕްރައިމަރީ: އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީ، ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވަނީ

Follow @loamaaOnline
--

--


އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ހުޅުމާލޭ އުތުރު ދާއިރާ ( T-17 ) އަށް ކުރިމަތިލައްވަން ނިންމައިފިއެވެ.

ޑރ. ޑީޑީ ވަނީ އެމްޑީޕީ ޕްރައިމަރީގައި ހުޅުމާލޭ އުތުރު ދާއިރާއަށް ކުރިމަތިލައްވާކަން އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށް އިއުލާނުކުރައްވާފައެވެ.

އެކްސްގައި ޑރ. ޑީޑީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެމްޑީޕީ މަޖިލިސް ޕްރައިމަތީގައި ހުޅުމާލޭ އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށާއި އެކަމުގައި އެ ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ.

ޑރ. ޑީޑީ "ލޯމާ" އަށް ވިދާޅުވީ، އެ ދާއިރާއަށް ކުރިމަތިލާ މައިގަނޑު ސަބަބަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އުޅޭ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި ދަފްތަރުގައި ތިބި މީހުންގެ ކަންބޮޑުވުންތަކަށް ގާނޫނީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުންނެވެ. 

ޑރ. ޑީޑީއަކީ ދަތުގެ ހާއްސަ ޑޮކްޓަރެކެވެ. އަދި އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޑރ. ޑީޑީ އަކީ އެމްޑީޕީގެ ތިން ވަނަ ރައީސްވެސް މެއެވެ. އޭނާ  އެމްޑީޕީގެ ރައީސްކަން ކުރެއްވީ، 2011-2012 އަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok