ޒަމްޒަމް ފާރިޝް، އަންހެން ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު!

Follow @loamaaOnline
--

---


އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެއެވެ. އަދި މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. 

އެނގިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް އަށް ތުހުމަތު ކުރަނީ އަންހެން ދަރިވަރުންނަށް އެކި ކަހަލަ ޖިންސީ ފުރައްސާރައަށްވާ ގޮތަށް އެކި ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން ވާހަކަ ދެއްކިކަމުގެ ތުހުމަތެވެެ. 

އެ ވާހަކަތައް ފުރާއްސާރައާ ކުރިމަތިވި ބައެއް ދަރިވަރުން ސްކޫލްގެ ކައުންސެލަރުންނާއި ޓީޗަރުންނާ ހިއްސާކޮށްފައިވާކަންވެސް އެނގިފައިވެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok