ޖެހި ރާޅާއެކު 112 ފޫޓުގެ އޯކިޑު ދޯނި ދެ ފަޅި، ގެއްލުން ފަސް މިލިއަނަށް!

Follow @loamaaOnline
---

އޯކިޑް ދޯނި ބިންދައިގެން ގޮސްފައި ----


ފުވައްމުލައް ސިޓީއާ 20 މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ދިމާވި ހާދިސާއެއްގައި ގއ. ގެމަނަފުށި "އޯކިޑް 707" ދޯނި އިއްޔެ ވަނީ ބިންދައިގެން ގޮސްފައެވެ. 

އޯކިޑް ދޯންޏަކީ ޒަމާނީ ވަސީލަތްތަކާއެކު 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން މަސްވެރިކަމަށް މީގެ އަށް ވަރަކަށް އަހަރުކުރިން ނެރުނު 112 ފޫޓުގެ ދޯންޏެކެވެ.

އޯކިޑް ދޯނި ބިންދައިގެން ގޮސްފައިވަނީ އިއްޔެ ހެނދުނު 10:00 އެއް ޖަހާކަންހާއިރުއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ލޯމާ" އަށް ބުނި ގޮތުގައި އެ ދޯނި ބިންދައިގެން ދިޔައީ މޫސުން ގޯސްވެ، ޖެހި ރާޅެއްގެ ސަބަބުން ކަމަށެވެ. އަދި މުޅި ދޯންޏަކީވެސް ފައިބަރު ދޯންޏެއް ކަމުން، ދޯނި ބިންދައިގެން ދިޔަ ނަމަވެސް ދޯނި އަޑިއަށް ގޮސްފައެއް ނުވެއެވެ. 

އޯކިޑް ދޯންޏަކީ އިންޝުއަރެންސް ކޮށްފައިވާ ދޯންޏެވެ. އެހެންކަމުން އެ ދޯނި އަލުން މަރާމާތުކުރުމަށް، ދެން ހޭދަވާނީ ފަސް ވަރަކަށް މިލިއަން ރުފިޔާ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. 

އިތުރު ދެ ދޯނީގެ އެހީގައި މިއަދުގެ ވަގުތެއްގައި އޯކިޑް ދޯނި މަރާމާތަށް ގެނަމަފުއްޓަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް ކަނޑުމަތީގައި ބައެއް މަސް ދޯނިފަހަރު ބިންދައިގެން ގޮސްފައި އެބަހުއްޓެވެ. އާއްމުކޮށް ބިންދައިގެން ގޮސްފައިވަނީ ފައިބަރުން ހަދާފައިވާ ދޯނިތަކެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok