ލަންކާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ، ހަބަރެއްނުވާތާ ތިން ދުވަސް!

Follow @loamaaOnline
--

ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ


ސްރީލަންކާއަށް ދިޔަ ދިވެއްސެއްގެ ހަބަރެއް ނުވެގެން އާއިލާއިން އޭނާ ހޯދަން ފަށައިފިއެވެ.

ހއ. ހޯރަފުށި/ޕިންކް ރޯސް، އިބްރާހިމް ރަޝީދުގެ އަންހެނުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އިބްރާހިމް ރަޝީދު ލަންކާއަށް ގޮސްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ލަންކާއަށް ދިޔަ ދުވަހުގެ ރޭ ހަބަރެއްވި ގޮތަށް އޭނާގެ ހަބަރެއް ނުވާ ކަމަށް ބުނެފައިވެއެވެ. 

"މިއަދަށް މިވީ ތިން ދުވަސް، އަދިވެސް އޭނާގެ ހަބަރެއް ނުވޭ." އިބްރާހިމް ރަޝީދުގެ އަންހެނުން ފޭސްބުކްގައި ކުރި ޕޯސްޓުގައިވެއެވެ.

އޭނާ ވަނީ އިބްރާހިމް ރަޝީދު އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އާއިލާއަށް އަންގައި ދިނުމަށް އޭނާ އެދިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok