ފުރަތަމަ ދެތިން މަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކަން ފަށާނަން: މުއިއްޒު

Follow @loamaaOnline
--

--


ވެރިކަމުގެ ފުރަތަމަ ދެތިން މަސް ދުވަހުގެ ތެެރޭގައި ފުށި ދިއްގަރުފަޅު ހިއްކަން ފަށައި އަހަރެއްގެ ތެރޭގައި އެ ފަޅު ހިއްކައި ނިންމަވާލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ މި ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 66،000 ގޯތި ދޫކުރުމެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ފުށި ދިއްގަރުފަޅު ހިއްކާނީ ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކާއެކުގައި ކަމަށެވެ. 

"ޑްރަޖަރު ގެނެސް އަމަލީ ބިން ހިއްކުން އިރާދަކުރެއްވިއްޔާ ފުރަތަމަ ދެތިން މަސް ތެރޭގައި އަމަލީ ގޮތުން ފަށާނަން. އިރާދަކުރެއްވިއްޔާ އެއަށްވުރެވެސް އަވަހަށް ހަމަ ފުރަތަމަ މަހުގައިވެސް ފެށޭތޯ ބަލާނަން. އެ ފެށޭ ގޮތަށް ގެންގޮސްފައި އެ 1،280 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާފައި ނޫނީ އަޅުގަނޑުމެން ހުއްޓައެއް ނުލާނަން." މުއިއްޒު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުން އެތަނުގެ ބޮޑުމިން ހުޅުމާލޭގެ ބޮޑު މިނަށްވުރެ ތިން ގުނަ ބޮޑުވާނެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok