މަކުނުދޫ ދެ ބިދޭސީއެއްގެ މަރު: އެކެއްގެ ބޯ ހަށިގަނޑާ ވަކިވެ، ފިސްފިސްވެފައި!

Follow @loamaaOnline
--

---


ހދ. މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި އެއްޗެއް ގޮވައި، ދެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހިނގި އެ ހާދިސާގައި ދެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ސައިޓުގައި ބާރުގަދަ ގޮވުމެއް ގޮވައި، މަރުވެފައިވަނީ ދެ ބިދޭސީ ފިރިހެނުންނެވެ.

ފުލުހުން އިިތުރަށް ބުނީ، އެ ރަށު ބަނދަރުމަތީގައި ހުރި ސައިޓުގައި ގޮވާފައިވަނީ ގޭސް ފުޅިއެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

"ލޯމާ"އަށް އެނގިފައިވާ ގޮތުގައި،  އޭގެ ތެރެއިން އެކަކުގެ ބޯ ވެސް އޮތީ ހަށިގަނޑާ ވަކިވެފައެވެ. އަދި އަނެއް މީހާއަށްވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެމީހުންގެ ހަށިގަނޑުތައް އެތަނުން އަދި ނަގާފައިނުވާކަން އެނގިފައިވެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok