ދެކުނުގެ ރަށެއްގައި ގިނަ ބަޔަކު ޖިންސީ ގޯނާކޮށް 15 އަހަރުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް!

Follow @loamaaOnline
--

---


ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ސައުތް ޕޮލިސް ރީޖަން (ގއ، ގދ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލަ އެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަކީ 15 އަހަރުގެ ކުއްޖެކެވެ. 

އެ ކުއްޖާގެ މަންމަ ފޭސްބުކްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްްގައި ބުނެފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކަކަށް ވުރެ ގިނަ މީހުންވެގެން ކަމަށާއި ބޭސް ދީގެންވެސް ދަރިފުޅު ވައްޓާލަން އެ މީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ރަށުގެ ޕޮލިސް ސްޓޭޝަނަށް އެންގުމުން ފުރިހަމަ އެއްބާރުލުން ދީފައިނުވާ ކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ. 

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok