ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް މުއިއްޒު ގޮވާލައްވައިފި

Follow @loamaaOnline
--

--


އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މީރުމާ ހޮޓެލްގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމަކީ ގައުމުގެ މަސްލަހަތަށް މިހާރު އެންމެ ރަނގަޅު ގޮތް ކަމަށާއި ގާނޫނުން ރައީސަށް ލިބިދޭ ބާރެއް ކަމަށެވެ. 

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާ އަދަބުވެރިކަމާއެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް" އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އިންތިހާބީ ރައީސް މުއިއްޒު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މިނިވަންކުރެއްވުން ކަމަށް ވިދާޅުވެފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok