ދެވަނަ ބުރުގެ ދާއިމީ ވޯޓާސް ލިސްޓު އާއްމުކޮށްފި، އަލަށް 408 މީހަކަށް ވޯޓު ލެވޭ

Follow @loamaaOnline
--

9 ސެޕްޓެމްބަރު 2023: ވޯޓުލުމަށްފަހު އިނގިލީގައިވާ ނިޝާން ދައްކާލައިގެން---- ލޯމާ އިމޭޖްސް


މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ވޯޓާސް ލިސްޓު އާއްމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު އާއްމުކުރި ލިސްޓުގައިވާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،803 މީހަކަށެވެ. އަލަށް ވޯޓުލުމުގެ ހައްގު ލިބެނީ 408 މީހަކަށެވެ.

އީސީން ބުނީ ވޯޓާސް ލިސްޓު ސަރުކާރުގެ ގެޒެޓު އިން އަދި އެ ކޮމިޝަނުގެ ކޮމިޝަނުގެ ވެބްސައިޓް އިން ފެންނަން ހުންނާނެ ކަމަށެވެ.

ދެވަނަ ބުރުގައި އިތުރު 12 ފޮށި ބަހައްޓާނެއެވެ. އެއާއެކު އެ އިންތިހާބުގައި ޖުމްލަ 586 ފޮށި ބަހައްޓާނެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok