ދެ ވަނަ ބުރުގައި ރައީސަށް ތާއީދުކުރުމަށް ނަޝީދާއެކު މަޝްވަރާކުރައްވައިފި

Follow @loamaaOnline
--

ރައީސް ސޯލިހާއި ރައީސް ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ. 

ރައީސް ނަޝީދާއި ރައީސް ސޯލިހު މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ސޯލިހު ވުދާޅުވީ، އެ ބައްދަލުކުރެއްވުގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުންނެވެ.

ރައީސް ވިދާޅުވީ، ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި ނަމަވެސް ނަޝީދުގެ ތާއީދު ހޯދުމުގެ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން އެއާ ގުޅޭ ގޮތުން ވާހަކަ ދެއްކިން. އޭގެ ތަފްސީލްތައް ފަހުން ހާމަކުރާނަން" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަންނަ މަހުގެ 29 ވަނަ ދުވަހު ނަގަން ނިންމާފައިވާ ނިޒާމީ ވޯޓާ ގުޅޭ މަޝްވަރާތައްވެސް ކުރެވުނު ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައިވާއިރު، އެ ދެބޭފުޅުން ވަނީ ފޯނުންވެސް މި ފަހުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވައިފައެވެ. ނަމަވެސް މިއީ ދެ ބޭފުޅުންގެ ގުޅުން ހީނަރުވި ފަހުން އެކުގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމުން ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު، އެ ޕާޓީން އިސްތިއުފާ ދެއްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވާފައެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާދަކުރައްވައި 15،000 ވުރެ ގިނަ ވޯޓާއެކު ތިން ވަނަ ހޯދައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok