ބަލިވެއްޖެނަމަ ސިޔާސީ ދާއިރާއިން ރިޓަޔާކުރައްވާނެތޯ އެހުމުން ރައީސް ވިދާޅުވީ ބަލިވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް!

Follow @loamaaOnline
-

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ފޮޓޯ: ހުސައިން ޝާފިއު


މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން ކާމިޔާބީ ލިބިވަޑައިނުގެންފިނަމަވެސް ސިޔާސީ ދާއިރާއާ ދުރަށް ވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފަންނުގައި މިއަދު ބޭއްވި ޑޯ-ޓު-ޑޯގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަވިޔުއެއްގައި ނޫސްވެރިޔަކު ވަނީ އިންތިހާބުން ބަލިބެއްޖެނަމަ ސިޔާސީ ގޮތުން ރިޓަޔާކުރައްވާނެ ތޯ ރައީސްއާ ސުވާލުކޮށްފައެވެ.

"އަޅުގަނޑަކަށް ނުފެނޭ ބަލިވާތަނެއް" ހިނިފުޅުވަޑުވަމުން އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ކެމްޕެއިނާ އެހެން ޕާޓީތަކުގެ ވަރަށް ގިނަ ބަޔަކުވެސް ގުޅެމުން އަންނަ ކަމަށެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 39 ޕަސަންޓެވެ. އެ އިންތިހާބުގައި ރައީސްގެ ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 46 ޕަސަންޓެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok