އިދިކޮޅަށް ވެރިކަން ލިިބިއްޖެނަމަ ގައުމު ބަނގުރޫޓުވެދާނެ: ރައީސް

Follow @loamaaOnline
--

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު: ފޮޓޯ--- އިބޫ ކެމްޕެއިން ޓީމް


މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށްފިނަމަ، ގައުމު ބަނގުރޫޓުވެ އަނދަވަޅަކަށް ވެއްޓޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު  ވިދާޅުވެއްޖެ އެވެ.

މާފަންނު ސަހަރާ ކަންމަތީގައި ރޭ ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމުގެ ކަންކަން ކުރައްވަނީ "ފައިސާ ފޮތީގެ ދެ ފުށް" އޮންނަކަން އެނގިވަޑައިގެން ކަމަށެެވެ. 

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރަށް ބޭރުގެ އެހީއާއި ލޯނު ލިބެނީ އެމްޑީޕީން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ މޮޅުކަމުން ކަމަށެވެ.. އަދި މިހާރުވެސް މާލީ އެހީ ދޭނެ ބައިނަލްއަގްވާމީ އެތައް ފަރާތްތަކެއް އެބަ ތިބި ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެ ނަމަ މި ގައުމު ބަނގުރޫޓުވެގެން ދާތަން އަޅުގަނޑަށް ފެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމު ބަނގުރޫޓުވުމުގެ ފުރުސަތު ނުދެއްވާނެ ކަަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok