ރީ-ރަޖިސްޓްރީ ވާން ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ ފޯމު

Follow @loamaaOnline
--

ލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު އަދި ނައިބު އިސްމާއިލް ހަބީބް -- ފޮޓޯ: މިހާރު / ފަޔާޒް މޫސާ


މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ރީ-ރަޖިސްޓްރީ ކުރަން މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ދެ ވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިދިޔަ ހުކުރު ދުވަހު ހުޅުވައިލުމުން އެ ދުވަހު އެކަނިވެސް 9،206 ފޯމު ލިބުނު ކަމަށެވެ. އަދި އިއްޔެ 18،349 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅި ކަމަށް ވިދާޅުވިއެވެ. އެގޮތުން ދެ ދުވަހުގެ ތެރޭގައި  ޖުމްލަ 25،493 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅިއިރު، އޭގެ ތެރޭގައި ގިނައީ އޮންލައިންކޮށް ހުށަހެޅި ފޯމުތަކެވެ.

ހަބީބް ވިދާޅުވީ،  މިހާތަނަށް ހުށަހެޅި ފޯމު ތަކުގެ ތެރެއިން، 10،271 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށާއި އެކިއެކި ސަބަބުތަކާ ހުރެ، 1،546 ފޯމު ރިޖެކްޓް ކުރި ކަމަށެވެ.

ރީ-ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ގަޑިއަކީ މިއަދު ހަވީރު 4:00 ގެ ކުރިންނެވެ. 

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 50،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާފައެއް ނުވެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok