ބަންދު ދުވަސްތަކު ނުކުންނަ ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓާގެ މުވައްޒަފުންނަށް އިނާޔަތެއް ދޭން ނިންމައިފި

Follow @loamaaOnline
--

--


ބަންދު ދުވަސްތަކުގައި ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުން މަސައްކަތަށް ނުކުންނަ ނަމަ ހާޒިރީ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސޯޝަލް ހެލްތު އަދި ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭން ރައީސް ނިންމެވީ ސިއްހީ ފަންނުވެރިން  ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ.

"ޕޭ ފްރޭމްވޯކަށް ހިޖުރަކުރި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ޑިއުޓީ އުސޫލުން ހާޒިރުވެ، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރި ނަމަވެސް އެ އިނާޔަތް ލިބޭ ގޮތަަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok