ރައީސަށް 56 ޕަސަންޓު ލިބޭނެއޭ ބުނެވުމުން ގިނަ ބަޔަކު ވޯޓުލާން ނުނިކުމޭ، މައާފަށް އެދެން: ފައްޔާޒް

Follow @loamaaOnline
--

---


ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީން މާލޭގެ ކާނިވާ ސަރަހައްދުގައި އެތައް ސަތޭކަ ބަޔަަކާއެކު ބޭއްވި ބޮޑު ޖަލްސާގައި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާ ފައްޔާޒް ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ވޯޓު 56 ޕަސަންޓަށް ވުރެ އެންމެ ތަންކޮޅެއްވެސް މަދު ނުވާނެ ކަމަށެވެ. 

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސަންޓެވެ. ފުރަތަމަ ބުރުގައި 46 ޕަސަންޓާއެކީގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑީޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށް ފަހު މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީ ބަލުވުމުގައި އޭނާގެ ޒިންމާ ބޮޑު ކަމަށެވެ.

"އަޅުގަނޑު 56 ޕަސަންޓޭ މޮޅުވާ ވާހަކަ ދެންނެވީމާ ވަރަށް ގިނަ ބޭފުޅުން ވޯޓުލާން ނުގޮސް ތިބީ މޮޅުވާތީ. އެހެންވީމާ އެކަމަށް ތި އެންމެ ބޭފުޅުންގެ ކިބައިން މައާފަށް އެދެން. އާދެ އަޅުގަނޑުމެންނަށް އެ ނަންބަރު ލިބޭ. އެހެންނަމަވެސް މޮޅުވާތީ އަޅުގަނޑުމެންގެ ވަރަށް ގިނަ ވޯޓާސް ނުނިކުންނަވާ ކޮންމެހެން މޮޅުވެފައި އޮތް އެއްޗެއްވީމާ. ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ 37،000 މެންބަރުން ވޯޓުލާން ނުނިކުންނަ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ދެ ވަނަ ބުރެއްގައި އެ މެންބަރުންގެ ވޯޓު ހޯދުމަށް ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok